މާލެއިން އުމުރުން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިބްރާހީމް އިމްތިޔާޒް ޢަލީ -- ފޮޓޯ: ފުލުހުން
މާލެއިން އުމުރުން 30 އަހަރުގެ ފިރިހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ. ގެއްލިގެން ހޯދަމުން ދަނީ، ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 2026 ފެބްރުއަރީ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ގޭގައި އުޅުނު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށާއި، އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށެވެ.
އިބްރާހީމް އިމްތިޔާޒް ޢަލީ އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް