Post banner
ރަށްރަށުން

އިންނަމާދޫ ކައުންސިލްގެ 4 ވަނަ މަދަޙަ މުބާރާތާއި 2 ވަނަ ދީނީ ޕްރޮގުރާމް ނިންމާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންނަމާދޫ ކައުންސިލްގެ 4 ވަނަ މަދަޙަ މުބާރާތާއި 2 ވަނަ ދީނީ ޕްރޮގުރާމް ނިންމާލައިފި

އިންނަމާދޫ ކައުންސިލްގެ 4 ވަނަ މަދަޙަ މުބާރާތާއި 2 ވަނަ ދީނީ ޕްރޮގުރާމް ނިންމާލައިފިއެވެ.

ރަށު ރައްޔިތުންގެ މެދުގައި ރީތިކޮށް މަދަޙަ ކިޔުމުގެ ފަންނުވެރިކަން ކުރިއެރުވުމާއި، ރައްޔިތުންގެ މެދުގައި މަދަޙައަށް ލޯބިޖެއްސުމާއި، ދީނީ އަދި އަދަބިއްޔާތަށް ލޯބިޖެއްސުމުމުގެ މަޤްސަދުގައި ކުރިޔަށް ގެންދެވުނު މުބާރާތް ކުރިޔަށް ދިޔައީ 03 ސެޕްޓެމްބަރުން ފެށިގެން 2 ދުވަހުގެ މުއްދަތަށެވެ.

މަދަޙަ ކިޔުން، ބަންްގި ގޮވުމާއި ޚުތުބާ ކިޔުން ހިމެނޭ ގޮތަށް މުބާރާތްތައް ކުރިޔަށް ދިޔައިރު، 12 ގުރޫޕް މަދަޙަ އާއި، ވަކިވަކި 96 ބައިވެރިން މަދަޙަ ހުށައަޅައިދިނެވެ. ބަންގި ގޮވުމުގައި 20 ބައިވެރިން ބައިވެރިވި އިރު، 16 ބައިވެރިއަކު ޚުތުބާ ހުށައަޅައިދިނެވެ. މަދަަޙަ މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ އިބްރާހިމް ޢަލީ (ކުޑަ އިއްބެ) އަދި މަރްޔަމް ޢަޝްފާއެވެ. ބަންގި އަދި ޚުތުބާ މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ މީދޫއަށް ނިސްބަތްވާ ޒުވާން ދެޚަތީބުން ކަމުގައިވާ ޒަޔާން ޝަރީފް އަދި ﷲޢަބްދު ޝަހުދާން ޢަބްދުއްޝަހީދެވެ.

ނިމުނު ރަމަޟާން މަހު ކުރިޔަށް ގެންދިޔަ ދީނީ ސުވާލު މުބާރާތުގެ ނަތީޖާފާޅު ކުރުމާއި އެކު މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މިމަހުގެ 11 ވާ ހުކުރު ދުވަހުގެ ރޭ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.

ކުރިޔަށް ހުރި މުބާރާތްތައް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ބައެއް ބަދަލުތައް ގެންނާނޭ ކަމަށާއި މުބާރާތުގެ އިނާމްތައް ބޮޑު ކުރާނެ ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއްްވާފައި ވެއެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް