ރާއްޖެ

ރ އަތޮޅު ލަކުޑި ފެރީ ފަރަށް އަރައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރ އަތޮޅު ލަކުޑި ފެރީ ފަރަށް އަރައިފި

ރ. އަތޮޅު ލަކުޑި ފެރީ ދޯނި ފަރަށް އަރާފައި -- ފޮޓޯ؛ އަޙްމަދު ޝާފީ

ރ. އަތޮޅުގެ ތެރޭގައި މުދާ އުފުލުމަށް މިހާރު ބޭނުން ކުރާ ކުރިން އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރި، ލަކުޑި ފެރީދޯނި މިއަދު މާކުރަތު ފަރަށް އަރައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިއަދު މެންދުރު މި ފެރީދޯނި ފަރަށް އެރި ނަމަވެސް ފެރީ ދޯންޏަށްވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފެރީދޯނި ފަރަށް އެރިތާ ތިރީހަކަށް މިނިޓްގެ ތެރޭގައި ވަނީ، ފުންކޮށްފައެވެ. ފެރީދޯނި ފުންކޮށްފައި ވަނީ މާކުރަތުގެ ރައްޔިތުން ތެރެއިން ބަޔަކު ނުކުމެ އެހީތެރިވެދީގެންނެވެ.

ފަރަށް އެރި ފެރީ ދޯންޏަކީ، އެމްޓީސީސީން ދުއްވާ ދޯންޏެކެވެ. މީގެ ކުރިން އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރި އެފެރީ ދޯނި މިހާރު ބޭނުން ކުރަނީ އަތޮޅުތެރޭގައި މުދާ އުފުލުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް