ލުއި ޚަބަރު

ހުޅުމާލެ ޗަނބޭލީ މަގުގެ ބަހާރު މޫސުމް ފެށިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ޗަނބޭލީ މަގުގެ ބަހާރު މޫސުމް ފެށިއްޖެ

ހުޅުމާލެ ޗަނބޭލު މަގުގައި ހުރި މަޑިމަސްވަކަރުގަހެއް މަލުން ފުރިފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލެ ޗަނބޭލީ މަގުގައި ހުންނަ މަޑިމަސްވަކަރު ގަސްތަކުގައި މާތައް ފޮޅެން ފަށައިފިއެވެ.

ހުޅުމާލެ ޗަނބޭލީ މަގުގެ ކޯރަލްވިލް ފްލެޓްތަކުން ފެށިގެން މަސްޖިދުލް ޢަޒީޒާ މޫސާއާއި ހަމައަށް މަގުގެ ދެފަރާތުގައި މަޑިމަސްވަކަރުގަސްތައް ހުންނަ އިރު، ކޮންމެ އަހަރަކުވެސް ފެބުރުއަރީ މަހުގެ ފަހު ހަފްތާއިން ފެށިގެން މިގަސްތަކުގައި މާތައް ފޮޅެން ފަށައެވެ. އަދި މާރިޗު މަހުގެ ފުރަތަމަ ދެހަފްތާ ނިމޭއިރު މުޅި މަގުގައި ހުންނަ ހުރިހާ ގަހެއްގައި ފަތްފައިބައި ހުސް މަލަށް ވެގެން ދެއެވެ.

ޗަނބޭލީމަގުގެ ގަސްތަކުގައި އެންމެ ގިނައިން މާއެޅީ 2022 ވަނަ އަހަރުގައެވެ. އެއަހަރު މަގުގައި ހުރި ހުރިހާގައެއްގައި އެއްދުވަސްވަރެއްގައި މާތައް ފޮޅުނެވެ. މީގެ އިތުރުން ހުޅުމާލޭގެ ނިރޮޅުމަގުގަޔާއި އެހެން ބައެއް މަގުތަކުގައި ހުރި ގަސްތަކުގައިވެސް ވަނީ މާފޮޅެން ފަށާފައެވެ.

މަޑިމަސްވަކަރުގަހުގައި އާއްމުކޮށް މާތައް ފޮޅެނީ، މާރިޗު މަހާއި ސެޕްޓެމްބަރު މަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް