ރާއްޖެ

ލޯންޗު އެކްސިޑެންޓުގައި ގެއްލިފައި ވަނީ އިންޑިއާ ދެމީހުން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ލޯންޗު އެކްސިޑެންޓުގައި ގެއްލިފައި ވަނީ އިންޑިއާ ދެމީހުން

ރޭ ދަންވަރު ވ. ފެލިދޫ ކައިރީގައި ހިނގި ލޯންޗު އެކްސިޑެންޓްގައި ގެއްލިގެން ހޯދަމުންދާ ދެމީހުންނަކީ، އިންޑިއާ ދެ ފިރިހެނުން ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ލޯންޗު އެކްސިޑެންޓް ހިނގިއިރު އޭގައި 7 މީހުން ތިބިކަމަށް ފަހުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތު އަންހެނަކާއި ރަޝިޔާ އަންހެނަކާއި އިންޑިއާގެ 5 ފިރިހެނުންނެވެ. ބާރު ސްޕީޑުގައި ދުއްވި ލޯންޗުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓުނީ ރަޝިޔާ އަންހެންމީހާ އާއި އިންޑިއާގެ 4 ފިރިހެނުންނެވެ. އެމީހުންގެ ތެރެއިން ނުފެންނަނީ އިންޑިއާގެ ދެފިރިހެނުންނެވެ.

މިހާދިސާގައި ހިނގި ލޯންޗަކީ، ސަފާރީއަކުން ބޭނުންކުރާ ކޯރުގައި ދުއްވާ ޒާތުގެ ސްޕީޑު ކުޑަލޯންޗެއް ކަން އެނގިފައިވެއެވެ. މިހާދިސާ ހިނގީ އާދަޔާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވި އެ ލޯންޗު ބާންޏެއްގައި ޖެހި އޭގައި ތިބި ބައެއް މީހުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓިގެން ކަމުގައި ވަނީ ބެލެވިފައެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ 01:15 އެހައިކަންހާއިރު ކަމުގައި ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް