classified
ވިކުރާ

މުލީ ޓެކްސީތަކަށް މޯލްޑިވިއަންއިން ދޭންޖެހޭ ފައިސާ ނުދީ ލަސްކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުލީ ޓެކްސީތަކަށް މޯލްޑިވިއަންއިން ދޭންޖެހޭ ފައިސާ ނުދީ ލަސްކުރާތީ ކަންބޮޑުވުން ފާޅުކޮށްފި

މުލީ އެއާޕޯޓް ---

މ. މުލީގައި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން، ޚިދުމަތް ހޯދުމަށްފަހު، ޤައުމީ އެއާލައިން މޯލްޑިވިއަންއިން އެފަރާތްތަކަށް ފައިސާދިނުން ލަސްކުރާކަމުގެ ކަންބޮޑުވުން ބައެއް ޓެކްސީ ޑްރައިވަރުން ފާހަގަކޮށްފިއެވެ.

މުލީގައި ޓެކްސީގެ ޚިދުމަތްދޭ ބައެއް ފަރާތްތަކުން، "ރައްޔިތުންގެ ނޫހަށް" މައުލޫމާތު ދެމުން ބުނީ، އެރަށުގައި ޓެކްސީ ކުރާ ހުރިހާ ކާރަކުންވެސް މޯލްޑިވިއަންގެ ދަތުރުތައް ފަހުން ފައިސާ ދައްކާގޮތަށް ކޮށްދޭ ކަމަށެވެ. އެދަތުރުތަކަކީ، މުއްޔަށް އަންނަ ޓޫރިސްޓުން އުފުލުމަށް މޯލްޑިވިއަންއިން ކުރާ ދަތުރުތަކެކެވެ. މުލީ ބަނދަރު އެއާޕޯޓަށް، އަދި އެއާޕޯޓުން މުލީ ބަނދަރަށް ކުރާ އެދަތުރުތަކަށް މޯލްޑިވިއަންއިން ޤަވާއިދުން ފައިސާ ނުދޭތީ އެކަމުގައި ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމުގައިވެސް ބައެއް ޑްރައިވަރުން ބުންޏެވެ.

ދެމަސް ތިންމަސް އެބަ އޮވޭ، ދަތުރުތަކަށް ފައިސާ ނުލިބި. ކޮންމެ ފަހަރަކު އާދޭސް ކުރަން މިޖެހެނީ، ޑްރައިވަރަކު ބުންޏެވެ.

މުލީ ޑޮމެސްޓިކް އެއާޕޯޓަށް ދަތުރުކުރަނީ، ޤައުމީ އެއާލައިން މޯލްޑިވިއަން އެކަންޏެއެވެ. މި އަތޮޅުގައި ތިން ރަށެއްގައި ރިޒޯޓު ހިންގައެވެ. އެއީ މ. މަޑިފުއްޓާއި، މ. ހަކުރާހުރާގެ އިތުރުން، މ. މެދުފުށީގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް