Post banner
ރަށްރަށުން

ހދ. އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއިން ހޯދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހދ. އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއިން ހޯދައިފި

އެފް.އޭ.އެމް ފުޓްސަލް އެޓޮލް ޗެޕްއަންޝިޕްގެ ހދ އަތޮޅު ގެ ޗެމްޕިއަން ޓީމް-- ފޮޓޯ: މުޙައްމަދު ލިފްޝާމް

އެފް.އޭ.އެމް ފުޓްސަލް އެޓޮލް ޗެޕްއަންޝިޕްގެ ހދ އަތޮޅުގެ ފައިނަލް މެޗުގައި ނައިވާދޫ 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ހަނިމާދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

ހަނިމާދޫ ޓީމުން ރޭގެ ޖެހި ފުރަތަމަ ގޯލް ޖެހީ ހަނިމާދޫގެ އެންމެ މޮޅު ކުޅުން ތެރިޔާ އަލީ ހުސައިން ދަގަންޑޭ ވަރަށް ހުސް ކޮން ނޫރުﷲ ތޯހާ އަށް ދިން ބޯޅަ އަކުންނެވެ. އަދި ހަނިމާދޫގެ ދެވަނަ ގޯލް ޖަހައި ދިނީ މުޙައްމަދު ޚާލިދް (ކައްޓާ)އެވެ. ކައްޓާ އަކީ މުހިއްމު ވަގުތު ސްކޯ ކުރާ ވަރަށް ތަޖުރިބާ ހުރި ކުޅުން ތެރެއެކެވެ.

ފައިނަލް މެޗު ފަށައިގެން މޮޅަށް ކުޅެ، ކުރީކޮޅު މެޗު ކޮންޓްރޯލްކުރީ ނައިވާދޫއިންނެވެ. އަދި އެ ޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. ނައިވާދޫގެ ހަމަލާތަކަށް ޖާގަނުދީ، ހަނިމާދޫއިން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ދައްކާފައެވެ.

އަބޫބަކަރު ސިއްދީޤް (ބަކުރު) ވަނީ ރޭގެ ކުޅުން ފޯރިގަދަ ފައިނަލްގައި ހަނިމާދޫ އަށް މުހިއްމު ޑިފެންސް ތަކެއް ކޮށްދީފައެވެ. އަލީ ހުސައިން ދަގަނޑޭ ވެސް ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ.

ހަނިމާދޫގެ ގޯލްކީޕަރު ޢަބްދުﷲ މުޙައްމަދު (ޓޯނީ) ވަނީ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ފަހު މިނެޓާ ހަމައަށް މޮޅު ސޭވްތަކެއް ކޮށްދީފައެވެ. އަދި އޭނާ ވަނީ ނައިވާދޫ އަށް ލިބުން ޕެނަލްޓީ އެއް ވެސް މަތަ ކޮށްދީފައެވެ. ފައިނަލް މެޗުގެ މޭން އޮފްދަ މެޗުގެ މަޤާމު ލިބުނީ ޓޯނިއަށެވެ.

ޓޯނީ ވަނީ މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީފަރުގެ މަގާމްވެސް ހޯދާފައެވެ. އޭނާ ވަނީ އެންމެ މޮޅު 5 ކުޅުންތެރިން ގެ ތެރޭގައިވެސް ހިމެނިފައެވެ. ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ހަނިމާދޫ މުބާރާތުގެ ކުރިއަށް އޮތް ޒޯން ބުރުގައި ކުޅޭނެެއެވެ. މީގެއިތުރުން، ފައިނަލުން ބަލިވި ނަމަވެސް ނައިވާދޫއިން ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.

މި މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތައް:

އެންމެ މޮޅު ކޯޗު: އިބްރާހީމް ތަސްނީފް (ހަނިމާދޫ)

އެންމެ މޮޅު ކުޅުންތެރިޔާ : ނޫރުالله ތޮހާ (ހަނިމާދޫ)

އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިން (ޓޮޕްސްކޯރާ): ނޫރުالله ތޮހާ (ހަނިމާދޫ) މުޙައްމަދު ޝާއިން (ނައިވާދޫ) ޢަބްދުﷲ ވިސާމް (ނައިވާދޫ)

ފެއާރ ޕްލޭ ކުޅުންތެރިޔާ: ވިސާމްﷲއަބްދު  (ނައިވާދޫ)

އަތޮޅުގެ އެންމެ މޮޅު 5 ކުޅުންތެރިން:

1- ނޫރުﷲ ތޮހާ ނޫރީ (ހަނިމާދޫ)

2- އަބްދުﷲ މުޙައްމަދު ޓޯނީ (ހަނިމާދޫ)

3- މުޙައްމަދު ޝާއިން (ނައިވާދޫ)

4- ޢަބްދުﷲ ވިސާމް (ނައިވާދޫ)

5- މުޙައްމަދު އަސްލަމް (ނައިވާދޫ)

ޚަބަރު ލިޔުނީ: މުޙައްމަދު މުޢާޒް - ރަށު ރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް