އެމްބިއުލާންސްއިން ބާލަން އުޅުމުގެ ތެރޭގައި މައްޔިތުން ވެއްޓޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްބިއުލާންސްއަކުން ހުޅުމާލެ ސަހަރާއަށް މައްޔިތަކު ގެނެސްފައި --- ފޮޓޯ: ރައްޔިތުންގެ ނޫސް
އައިޖީއެމްއެޗްގެ އެމްބިއުލާންސްތަކުގެ އެނދުތައް ހަލާކުވެ ބަލި މީހުންނާއި މައްޔިތުންގެ ހަށިގަނޑު ވެއްޓޭ މައްސަލައިގައި ޖަމާޢަތްތެރިން ކަންބޮޑުވުންފާޅުކޮށްފިއެވެ.
މާލޭ ސިޓީކައުންސިލްގައި ޖަމާޢަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އަޙްމަދު މުނައްވަރު ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށް ސޯޝަލްމީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އޭނާގެ ޕޯސްޓުގައި ބުނެފައި ވަނީ، އެމްބިއުލާންސްގެ އެނދުތައް ހަލާކުވެފައި ހުރުމުން، މައްޔިތުން އެމްބިއުލާންސްއިން ބާލަނިކޮށް ހަށިގަނޑު ވެއްޓުމުގެ ދެ ހާދިސާއެއް މިމަހުވެސް ހިނގާފައިވާކަމަށެވެ. އެހެންވެ އެމްބިއުލާންސްތަކުގެ އެނދުތައް ރަނގަޅުކުރަން ނުވޭތޯ، އައިޖީއެމްއެޗް ޓެގްކޮށް އޭނާ ކުރި ޕޯސްޓުގައި ބުނެފައި ވެއެވެ.
އައިޖީއެމްއެޗްގެ އެމްބިއުލާންސްތަކުގެ ފެންވަރު ދަށްވުމުގެ ކަންބޮޑުވުމަކީ އަބަދުވެސް އޮންނަ ކަންބޮޑުވުމެކެވެ.
އައިޖީއެމްއެޗްއިން ބުނެފައި ވަނީ މައްޔިތުންގެ ހަށިތައް ސަހަރާތަކަށް އުފުލަން ވަކި އެމްބިއުލާންސްތަކެއް ބޭނުން ކުރާ ކަމަށެވެ. އަދި ސްޓްރެޗަރތަކުގައި މައްސަލައެއް ދިމާވާނަމަ އެކަން ރަނގަޅު ކުރަމުންދާނެ ކަމުގައިވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް