Post banner
ރާއްޖެ •

ލައިސަންސް ނެތި ބިދޭސީއަކު ދުއްވި ސައިކަލާއި އެކްސިޑެންޓްވެ ޒުވާނަކަށް އަނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ލައިސަންސް ނެތި ބިދޭސީއަކު ދުއްވި ސައިކަލާއި އެކްސިޑެންޓްވެ ޒުވާނަކަށް އަނިޔާވެއްޖެ

ލައިސަންސް ނެތި ބިދޭސީއަކު ދުއްވި ސައިކަލަކާއި އެކްސިޑެންޓްވެ އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައި ވަނީ، ރޭ 22:14 އެހައިކަންހާއިރު، މާލެ، ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީ ސަރަހައްދުގައި ކަމަށެވެ. ފުލުހުންގެ އިދާަރާއިން ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާ ކަމަށާއި އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށާއި، އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތްކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިއެކްސިޑެންޓްގެ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް