Post banner
ރާއްޖެ

ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ގޮތުގައި އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ގޮތުގައި އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ހައްޔަރުކޮށްފި

ޗޮކްލެޓް ސިރަޕް ފުޅިތަކަކަށް އަޅައިގެން މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން --- ފޮޓޯ: ޕޮލިސް

ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ގޮތުގައި އޮޅުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ހއ. ހޯރަފުށިީ ޢާފިޔާ، އުމުރުން 47 އަހަރުގެ އަޙްމަދު ޢަލީ އާއި ދ. ތިނަދޫ ގޯލްޑަންހައުސް އުމުރުން 57 އަހަރުގެ މުޙައްމަދު ޢާދިލް ކަމަށެވެ.

މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހު ކަމަށާއި އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ދީފައިވާކަމަށެވެ.

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ، ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރޭގައި ޗޮކްލެޓް ސިރަޕްފުޅިތަކެއްގެ ގޮތުގައި، އެތެރެކޮށްފައިވާ ފުޅިތަކެއްގައި ހަޝިޝް އޮއިލް ހުރިކަން ފަޅާއެރުމާއި ގުޅިގެންނެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، ހަޝިޝް އޮއިލް ބަންދުކޮށްފައި ހުރީ، ޗޮކްލެޓް ސިރަޕްގެ ގޮތުގައި ލޭބަލްކޮށްފައި ހުރި ފުޅިތަކެއްގައެވެ. ޖުމުލަ 10 ޑަޒަން އޭގެ ތެރޭގައި ހިމެނޭއިރު، އޭގެ ވަގުތީ ބަރުދަނުގައި 40 ކިލޯ ހުރިކަމުގައިވެސް ކަސްޓަމްސް އިން ހާމަކޮށްފައި ވެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީއަގު 30 މިލިޔަން ރުފިޔާއަށްވުރެ މަތިވާނެ ކަމުގައި ކަސްޓަމްސްއިން ވެސް އަންދާޒާކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް