Post banner
ދުނިޔެ

މާދަމާ މެންދުރު ނަމާދު ވަގުތު ގެފުޅުގައި ހިޔަންޏެއް ނުހުންނާނެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާދަމާ މެންދުރު ނަމާދު ވަގުތު ގެފުޅުގައި ހިޔަންޏެއް ނުހުންނާނެ

ކައުބަތުﷲ ގެފުޅު --

މާދަމާއަކީ، ބަރަކާތްތެރި ހައްޖު ދުވަހަށް ވާއިރު، އިރުގެ ދައުރުވުގައި، މާދަމާގެ މެންދުރު ވަގުތު، އިރު ހުންނާނީ ސީދާ މައްކާގެ މަތީގައި އަދި ގެފުޅާއި އޮލަނބުވާ ގޮތަށް ކަމުގައި ފަލަކީ ޢިލްމުވެރިން ހާމަކުރައްވައިފިއެވެ.

ފަލަކީ، ޢިލްމުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކާއި، ސަޢޫދީއަރަބިއްޔާގެ ނުޖޫމީ ޢިލްމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މައްކާ ގަޑިން މާދަމާ މެންދުރު 12:18 ގައި އިރު ހުންނާނީ ގެފުޅާއި ސީދާ އޮލަނބުވާ ގޮތަށެވެ. އަދި އެވަގިތުގައި ކައުބާގެ އެއްވެސް ފަރާތަކުން ހިޔަންޏެއް ނުހުންނާނެއެވެ. މީގެ އިތުރުން އެވަގުތުގައި މައްޗާގައި އޮލަނބަށް ހުންނަ އެހެން ތަކެތީގައިވެސް ހިޔަނި ފެންނާކަށް ނުހުންނާނެއެވެ. އަރަފާތު ދުވަހެއްގައި އިރު ގެފުޅާއި ސީދާ އޮލަނބުވުން ދިމާވާނީ، ކޮންމެ 33 އަހަރަކުން އެއްފަހަރު ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ފަލަކީ ޢިލްމުވެރިން ހާމަކުރައްވާފައި ވެެއެވެ.

އެންމެ ފަހުން މިގޮތަށް، ގެފުޅާއި އިރު ސީދާ އޮލަނބުވި ހައްޖު ދުވަހަކީ، 1413 ވަނަ އަހަރުގެ ހައްޖު ދުވަހެވެ. އެއީ މީލާދީން 1993 ވަނަ އަހަރުގެ މެއި މަހުގެ 31ވީ ހޯމަ ދުވަހެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް