Post banner
ދުނިޔެ

ބޮޑު ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބުރިޖަށް އުރިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮޑު ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބުރިޖަށް އުރިއްޖެ

އޮޔާދިޔަ ބޯޓުތައް ---

މާލެ ސަރަހަށްދަށް މިރޭ ކުރި ވިއްސާރައިގައި، މާލެ ސަރަހައްދުގައި އަޅާފައި އޮތް ބޮޑު ދެ ބޯޓު ނަގިލިކަހާލައި އޮޔާގޮސް ސިނަމާލެ ބުރިޖަށް އުރިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެދެ ބޯޓު އޮޔާދާން ފެށުމުން އޭގައި ތިބި މީހުން ސަލާމަތްކޮށް، އެމީހުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އޮޔާ ދިޔަ ދެބޯޓަކީ، ކަސްޓަމްސް ގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެބޯޓު ކަމުގައިވާތީ ބޯޓާއި ބެހޭ ގޮތުން މައުލޫމާތު ދެއްވާނީ ކަސްޓަމްސް އިން ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބޯޓުތަކާއި ބެހޭ ގޮތުން ކަސްޓަމްސްއިން އަދި އެއްވެސް މައުލުމާތެއް ހާމައެއް ނުކުރެއެވެ.

އޮޔާ ދިޔަ ދެބޯޓަކީވެސް، ތެޔޮ އުފުލާ އުޅަނދުތަކެކެވެ. ނަގިލި ކަހާލައިގެން އޮޔާ ދިޔަ އެދެބޯޓު އޮޔާއެކު ގާދޫކޮލުން ބޭރަށް ގެންދިޔައިރު، ދެބޯޓުވެސް ބުރިޖުގެ މައި ތަނބެއްގައި ޖެހި ގެއްލުންތައް ވިކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް