ސޯޝަލް މީޑިއާ ހުއްޓުވަން ކޮމިޝަނުން ވަނީ މަސައްކަތް ފަށާފައި: އެމްޖޭއޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކޮންޓްރޯލް ބިލާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އިޙްތިޖާޖުގެ ތެރެއިން --- ފޮޓޯ: އެމްޖޭއޭ
މިއަދު މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންމެހާ ރައްޔިތުންގެ މައްޗަށް އަދަދުގެ ކާޓޫން ދައުރު ނުކުރާން ނެރުނު އަމުރާ ގުޅިގެން ސާބިތުވެފައި ވަނީ އެ ގާނޫނު ބޭނުންކޮށް ސޯޝަލް މީޑިއާ ހުއްޓުވަން ކޮމިޝަނުން މަސައްކަތް ކުރަން ފަށާފައިވާކަން ކަމުގައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފިއެވެ.
އެ އެސޯސިއޭޝަނުން މިހެން ބުނެފައި ވަނީ، އަދަދު ނޫހުން ޝާއިޢުކުރި ކާޓޫނެއްގެ މައްސަލަ ބަލަމުންދާތީ، އެއްވެސް ފަރާތަކުން އެ ކޮންޓެންޓް ދައުރުނުކުރުމަށް އާއްމުކޮށް އަންގައި އިޢުލާނެއް ކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ކޮމިޝަނުން ވަނީ އެ އިޢުލާނު ޑިލީޓްކޮށް އިޢުލާނުގައި "އެއްވެސް ފަރާތަކުން ދައުރުނުކުރުމަށް" މިގޮތަށް އޮތް އިބާރާތް "އެއްވެސް މީޑިއާއަކުން ދައުރު ނުކުރުމަށް" ބަދަލުކޮށް އަލުން އިޢުލާނު ޝާއިޢުކޮށްފައެވެ.
އެމްޖޭއޭއިން ކުރި ޕޯސްޓުގައި ބުނެފައި ވަނީ، މީޑިއާ ކޮންޓްރޯލް ގާނޫނާ މެދު އެ ޖަމްއިއްޔާއިން އެންމެ ކަންބޮޑުވީ އެއް ކަމަކީ އަދި އެ ގާނޫނާ ދެކޮޅުވީ އެންމެ ބޮޑު ސަބަބަކީ ސޯޝަލް މީޑިއާގައި އާންމުން ހިޔާލުފާޅުކުރުން ހަނިކޮށް އަދަބު ދެވޭ ގޮތަށް އެ ގާނޫނުން މީޑިއާ ކޮމިޝަނަށް ބާރުތައް ދީފައިވާތީކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނު ފާސްކުރިއިރު ސަރުކާރުން އާންމުންނާއި ބޭރުގެ ފަރާތްތަކަށް ދެމުން ދިޔަ ޔަގީންކަމަކީ އެ ގާނޫނުގައި އެފަދަ މާއްދާއެއް ނެތް ކަމާއި އެ ގާނޫނު އެފަދަ ގޮތަކަށް ބޭނުން ނުކުރާނެކަން ކަމުގައިވެސް އެމްޖޭއޭއިން ބުނެފައި ވެއެވެ.
އެހެން ނަމަވެސް ސޯޝަލް މީޑިއާ ހިމެނޭ ގޮތުން މިއަދު މީޑިއާ ކޮންޓްރޯލް ކޮމިޝަނުން އެންމެހާ ރައްޔިތުންގެ މައްޗަށް އަދަދުގެ ކާޓޫން ދައުރު ނުކުރާން ނެރުނު އަމުރާ ގުޅިގެން ސާބިތުވެފައި ވަނީ އެ ގާނޫނު ބޭނުންކޮށް ސޯޝަލް މީޑިއާ ހުއްޓުވަން ކޮމިޝަނުން މަސައްކަތް ކުރަން ފެށި ކަމަށާއި، އަދި އެ ގާނޫނު ސަރުކާރުން ފާސްކުރުމުގެ މައިގަނޑު ބޭނުމަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގު ނިގުޅައިގަތުން ކަމުގައިވެސް އެމްޖޭއޭއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް