ރާއްޖެ

އިސްލާމިކް މިނިސްޓްރީއަށް ސަޢޫދީން ކަދުރު ދިން، އާއްމުންނަށް ދޭންބުނި ކަދުރު ނުލިބި ރޯދަ ނިމެނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިސްލާމިކް މިނިސްޓްރީއަށް ސަޢޫދީން ކަދުރު ދިން، އާއްމުންނަށް ދޭންބުނި ކަދުރު ނުލިބި ރޯދަ ނިމެނީ

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖޭގެ އިސްލާމީަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރި

ކޮންމެ އަހަރަކުވެސް ސަޢޫދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ކަދުރު ނުލިބި މިއަހަރުގެ ރަމަޟާންމަސް ނިމެންގާތްވެއްޖެއެވެ.

މިއަދަކީ، ބަރަކާތްތެރި ރަމަޟާން މަހުގެ 25 ވަނަ ދުވަސް ކަމަށްވާއިރު، ދެން ބާކީ އޮތީ 4 ނުވަތަ 5 ދުވަހެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި މިއަހަރުވެސް ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. ސަޢުދީ ޢަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި، އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމަށް، މި ހުސްވި ފެބުރުއަރީމަހުގެ 23 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

އެދުވަހު، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖޭގެ އިސްލާމީަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައެވެ. މިކަދުރު ބެހީ ކޮންބަޔަކަށް ކަމެއް އެމިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.

ރާއްޖެއާ ސަޢޫދީޢަރަބިއްޔާ އާއި ދެމެދު އޮންނަ ގާތްގުޅުން ސިފަކޮށްދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކްއެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުފައި ވަނީ، ޢަރަބިކައިގެން ތިބިކަމަށް ވާނަމަ ދިވެހިންވެސް ތިބޭނީ ކައިގެން ކަމަށެވެ.

ޢަރަބި އިސްލާމީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ސަޢޫދީއަރަބިއްޔާ އަކީ، ދިވެހިރާއްޖެއަށް އެންމެ ގިނައިން ތަކެއްޗާއި ފައިސާގެ އެހީތައް ދޭ އެއް ޤައުމެވެ. މިހާތަނަށް ކޮންމެ އަހަރަކުވެސް ސަޢޫދީން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާގެ ގޮތުގައި އައީ ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް