Post banner
ރާއްޖެ

ނީލަމުގައި ވިއްކާލި މޭޒަކީ ކުރީގެ ރައީސުން ބޭނުންފުޅު ކުރެއްވި ރަސްމީ މޭޒުކޮޅެއް ނޫން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނީލަމުގައި ވިއްކާލި މޭޒަކީ ކުރީގެ ރައީސުން ބޭނުންފުޅު ކުރެއްވި ރަސްމީ މޭޒުކޮޅެއް ނޫން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭނުންކޮށް ބައުވެފައިވާ ބައެއްތަކެތި ނީލަމުގައި ވިއްކާލި އިރު، ވިއްކާލި ފޮޓޯއިން ތިޔަ ފެންނަ މޭޒަކީ، އެއްވެސް ރައީސަކު ރަސްމީ މޭޒުކޮޅުގެ ގޮތުގައި ބޭނުން ކުރި މޭޒު ނޫންކަން އެނގިއްޖެއެވެ.

ކުރީގެ ރައީސުން ބޭނުންފުޅު ކުރެއްވި މޭޒުކޮޅެއް ނީލަމުގައި ވިއްކާލި އިރު، އެއީ ތާރީޚީ އާސާރީ އެއްޗެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑު ކިޔަމުންނެވެ. މި މޭޒު އާއްމުންގެ ސަމާލުކަމަށް އައީ، އެމޭޒު ނީލަމުން ނެގި ފަހުން، މީހަކު ސޯޝަލް މީޑިއާގައި މޭޒުގެ ފޮޓޯ ޙިއްޞާކޮށް އެއީ ކުރީގެ 5 ރައީސުން ބޭނުންފުޅުކުރެއްވި މޭޒުކޮޅު ކަމުގައި ލިޔެ ހާމަކުރި ހިސާބުންނެވެ.

ނީލަމުގައި ވިއްކާލި އެމޭޒަކީ، ކުރީގެ ރައީސުން ބައިވެރިވެވަޑައިގެންނެވި އެކިއެކި ރަސްމިއްޔާތުތަކުގައި، ބޭނުންކުރި މޭޒެއްކަން އެނގިފައިވެއެވެ. އެ މޭޒު ނީލަމަށް ލާފައި ވަނީ، މޭޒު ބައުވެ ކަތުރުފަނި އަޅައި އަދި ބޭނުން ނުކުރާތާވެސް އެތައް އަހަރެއް ފަހުންކަން އެނގިފައި ވެއެވެ.

ކުރީގެ ރައީސުން ބޭނުން ކުރެއްވި ރަސްމީ މޭޒުކޮޅުތަކުން އެއްވެސް މޭޒުކޮޅެއް މިހާތަނަށް ނީލަމެއްގައި ވިއްކާލި ކަމެއް އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް