މަސްޖިދުލް އަޤުޞާގައި ފިޠުރު ޢީދު ނަމާދުކުރުން މަނާކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަސްޖިދުލް އަޤުޞާގެ ޙަރަމްއަލްޝަރީފް —-
އިޒްރާއީލުން ހިފާފައިވާ އިރުމަތީ ޤުދުސްގައި ހުންނަ، މުސްލިމުންގެ 3 ވަނަ ޙަރަމް އަލް މަސްޖިދުލް އަޤުޞާގައި މިއަދުގެ ފިޠުރު ޢީދު ނަމާދު ކުރުން އިޒްރޭލުން މަނާކޮށްފިއެވެ.
ޢީދު ނަމާދާއިއެކު އަޅުކަން ކުރުމަށް އާއްމުގޮތެއްގައި ރަމަޟާން ފަހު ދުވަހާއި ޢީދު ވިލޭރޭ، ފަލަސްޠީނުގެ މުސްލިމުން އިރުމަތީ ޤުދުސްގެ ޤަދީމީ ޝަހަރަށް ޖަމާވެއެވެ. އެހެންނަމަވެސް ހަނގުރާމަ ކުރިޔަށްދާތީ އާއި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، މަސްޖިދުލްއަޤުޞާ އާއި ޤުދުސްގެ ޤަދީމީ ސަރަހައްދު އިޒްރޭލުން ވަނީ ބަންދުކޮށްފައެެވެ. މިގޮތުން މަސްޖިދުލްއަޤުޞާގެ ކައިރީގައިވާ މުސްލިމުންގެ ފިހާރަތައްވެސް ހުޅުވުން އިޒްރޭލުން ވަނީ މަނާކޮށްފައެވެ.
މިއީ ފާއިތުވި 59 އަހަރުގެ ތެރޭގައި މަސްޖިދުލްއަޤުޞާގައި ޢީދުނަމާދު ނުކުރާ ފުރަތަމަ އަހަރުކަމުގައި ފަލަސްޠީނުގެ ނޫސްތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް