މާވާރުލު އެއާޕޯޓު ހިންގާތާ 6 އަހަރު، އަދިވެސް މިސްކިތެއް ނެތް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ގދ. މާވާރުލު އެއާޕޯޓުގެ ޓަރމިނަލް --
ރަސްމީކޮށް ނުހުޅުވައި ޚިދުމަތް ދެމުން އަންނަތާ 6 އަހަރުވީ، ގދ. މާވާރުލު އެއާޕޯޓުގައި މިސްކިތެއް ނެތުމުން އެ އެއާޕޯޓު ބޭނުންކުރާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާވާރުލު އެއާޕޯޓަކީ، ގދ. އަތޮޅުގެ ފަޅުރަށެއްގައި އަޅާފައިވާ އެއާޕޯޓެކެވެ. އެއާޕޯޓުގެ ގިނަ މުވައްޒަފުންނަކީ، ގައްދޫއިން ވަޒީފާއަށް އަންނަ މީހުންނެވެ.
މާވާރުލު އެއާޕޯޓު މިހާތަނަށް ރަސްމީކޮށް ހުޅުވާފައި ނުވި ނަމަވެސް، 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މާވާރުލު އެއާޕޯޓުގެ ޚިދުމަތްތައް ވަނީ ފަށާފައެވެ. މިގޮތުން ޤައުމީ އެއާލައިން މޯލްޑިވިއަންއިން އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.
މާވާރުލު އެއާޕޯޓުގައި މުވައްޒަފުންނާއި ފަސިންޖަރުންނަށް ނަމާދުކުރަން ހަދާފައި ހުރީ، އެއްފަހަރާ ތިން މީހުންނަށް ތިބެވޭވަރުގެ ކުޑަގޮޅިއެކެވެ.
މާވާރުލު އެއާޕޯޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނީ، ރޭގަނޑާއި ދުވާލުގައިވެސް މިހާރު އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންސްތައް ކުރިޔަށް ދާއިރު، ވަގުތުގައި ނަމާދު އަދާކުރުމަށް ދަތިވާ ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި 6 އަހަރު ފާއިތުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި މުވައްޒަފުން ވަނީ ފާހަގަޮށްފައެވެ.
މާވާރުލު އެއާޕޯޓަކީ، ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް