މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހައްޔަރުކުރި މީހާ --- ފޮޓޯ: ޕޮލިސް
މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަލިފާނުގެ އެހާދިސާ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ލ.މާބައިދޫ / ސަބުނަމްހައުސް ، ޙުސައިން ޝަޙްބާން (29އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ދީފައިވާ ކަމަށެވެ.
ޙުސައިން ޝަޙްބާންގެ މައްޗަށް ތުހުމަތު ކުރަނީ، ޤަސްދުގައި އޭނާ އެގޭގައި ރޯކޮށްލި ކަމުގެ ތުހުމަތު ކަމެއް ނުވަތަ އެނޫން ތުހުމަތެއް ކަމެއް ފުލުުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލަ ތަހްޤީޤު ކުރަމުންދާ ކަމަށެވެ.
މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުޑަ ވަގުތުކޮޅެއްގެ ކުރިން އޭނާ އެގެއަށް ވަންނަ މަންޒަރު ސީސީޓީވީ ކެމެރާއަށް އަރާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް