މާލޭ ގްރޭންޑްގެ ލިފްޓެއް ހަލާކުވެފައި ހުންނަތާ މަހެއްވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލޭ ގްރޭންޑްގެ ލިފްޓް އޭ ހަލާކުވެ ނޯޓިސް ހިއްޕާފައި -- ފޮޓޯ: ސޯޝަލް މީޑިއާ
ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ، މާލޭ ގްރޭންޑް(ޢަރަބިއްޔާ ފްލެޓް)ގައި ހުންނަ ލިފްޓްތަކުގެ ތެރެއިން އެއް ލިފްޓް ހަލާކުވެފައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސް އެއިމާރާތުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑުވެއްޖެއެވެ.
އެ އިމާރާތުގައި ދިރިއުޅޭ މީހުން މައުލޫމާތު ދިން ގޮތުގައި، ލިފްޓް ހަލާކުވީ ހުސްވި ޖެނުއަރީމަހުގެ ފަހު ހަފްތާއިން ފެށިގެންނެވެ. އޭގެ ކުރިން ޑިސެމްބަރު މަހުވެސް އެލިފްޓްގައި މައްސަލަ ޖެހި ބޭނުން ނުކުރެވި ދުވަސްތަކެއް ދިޔައެވެ.
މާލޭ ޢަރަބިއްޔާ ކޮށީގައި ޢިމާރާތްކޮށްފައިވާ މާލޭ ގްރޭންޑްގެ 10 ބުރީގެ ޢިމާރާތުގައި 90 ފްލެޓް ހުރެއެވެ. އެތަނުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިރު އެއް ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން އޮފީސް ގަޑިތަކާއި ސްކޫލުތަކަށް ކުދިން ދާންޖެހޭ ގަޑިތަކުގައި، ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކާއި ކުރިމަތިވަމުން ދެއެވެ.
އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ރައީސް ނަޝީދުގެ ވެރިކަމުގައި، ޢިމާރާތްކުރަން ފެށި އެފްލެޓްތައް ނިންމައި މީހުން ދިރިއުޅެން ފަށާފައި ވަނީ، 2016 ވަނަ އަހަރުގައެވެ. ފަހުން އެފްލެޓްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމުގެ ހުރިހާކާމެއް ސަރުކާރުން ހަވާލުކޮށްފައި އޮތީ، އެޗްޑީސީއަށެވެ.
މާލޭ ގްރޭންޑްގެ އެއް ލިފްޓް ހަލާކުވެ ބޭނުން ނުކުރެވޭތާ ހަފްތާއެއްވެފައި ވާއިރު، އެލިފްޓްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމަށް ހަވާލުކޮށްފައި ވަނީ، އޭޖީ މެލްކޯ އެލެވޭޓަރ މޯލްޑިވްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް