ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސްގައި ރާއްޖެއަށް ދީފައިވާ ރޭޓިންގ މަތިކޮށްފިއެވެ.
ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ"އަށް މަތިކޮށްފައެވެ. މިބަދަލު ގެނެސްފައި ވަނީ، މިދިޔަ އޭޕްރިލް މަހު ދައްކަން އޮތް 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ރާއްޖޭން ކާމިޔާބުކަމާ އެކު ދެއްކުމާއި ގުޅިގެން ރާއްޖޭގެ އިޤުތިޞާދަށް އޮތް ނުރައްކާ ކުޑަވެފައިވާ ކަމަށް ނިންމުމަށް ފަހުގައެވެ. އަދި އެއީ ރާއްޖެއަށް އޮތް އިޤުތިޞާދީ ހީރާސް ކުޑަވެގެން ދިޔަ ކަމެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައި ވެއެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކުރުމަކީ، ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބޭރުގެ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު އިތުބާރެއްކަންވެސް ސަރުކާރުން ފާހަގަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް