Post banner
ރާއްޖެ

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިންމަން ހަފްތާއެއް ހޭދަވާނެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިންމަން ހަފްތާއެއް ހޭދަވާނެ

އަލިފާނުގެ ހާދިސާގައި ހަލާކުވި، ނަރުދަމާ ހޮޅިތަކާއި އައުޓްޑޯރ ޔުނިޓްތައް -- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުކުރު ދުވަހުގެ އިރު އޮއްސުނު ވަގުތު ހިޔާގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް މަރާމާތުކޮށް ނިންމުމަށް ހަފްތާއެއްހައި ދުވަސް ހޭދަވަނާވެ ކަމުގައި އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހިޔާގެ 5 ވަނަ ޓަވަރަށް ލިބުނު ގެއްލުންތައް ބަލައި ސާފު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 5 ވަނަ ޓަވަރުގެ އެތެރޭގައި ފާޚާނާތަކުން ވައި ދައުރުވާގޮތަށް ހަދާފައިވާ ވައިގޮޅީގެ ތެރޭގައެވެ. އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެޓަވަރުގެ 9 ވަނަ ފަންގިފިލާ އާއި 14 ވަނަ ފަންގިފިލާ އާއި ދެމެދުން ވައިގޮޅީގައި ހަރުކޮށްފައިހުރި އޭސީ އައުޓްޑޯރ ޔުނިޓެއްގައި ރޯވެގެން ކަމުގައި ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ހިޔާގެ 5 ވަނަ ޓަވަރުގައި އަލިފާން ރޯވެ ހިނގި ހާދިސާގައި ބައެއް އެޕާޓްމަންޓްތަކުގެ ފާޚާނާގެ ކުޑަދޮރުތަކާއި، އެ ވައިގޮޅިތެރޭގައި ހުރި ނަރުދަމާ ހޮޅިތައް ވަނީ ހަލާކުވެފައެވެ. އަލިފާނުގެ ހާދިސާ އާައި ގުޅިގެން އެ ޓަވަރުގެ ހުރިހާ ފްލޯއެއްގެ 6 އަދި 7 ވަނަ އެޕާޓްމަންޓްގެ ފާޚާނާތައް ބޭނުމެއް ނުކުރެވެއެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެޓަވަރުގެ 30 އެޕާޓްމެންޓެއްގައި ދިރިއުޅެމުން އައި 140 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް