ރާއްޖެ

ބިމާއި، ފުލެޓު ދޫކޮށްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އާއްމުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބިމާއި، ފުލެޓު ދޫކޮށްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު އާއްމުކޮށްފި

ހުޅުމާލެ- ފޭސް 2 --- ފޮޓޯ: ރައްޔިތުންގެ ނޫސް

ގްރޭޓަރ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ދޫކޮށްލުމަށް އެއްބަސްވާ ބިމާއި، ފުލެޓު ދޫކޮށްލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއްމު ކުރައްވައިފިއެވެ.

އެމިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، އަލަށް އެކުލަވާލި މިއުސޫލަކީ، ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުތަކުގެ ދަށުން، މާލެ ސަރަހައްދުން ފުލެޓާއި ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އެކިއެކި އުސޫލުތަކުގެ ދަށުން، ފުލެޓާއި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާ މީހުން އެ އުސޫލުތަކުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި ގޯއްޗާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ ތަފުސީލީ އިޖުރާތުތައް ބަޔާންކޮށްފައިވާ އުސޫލެކެވެ.

ހައުސިންގ މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، އެ އުސޫލަކީ މުސްތަޤުބަލުގައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފުލެޓު ދޫކުރުމާއި ގުޅޭގޮތުން ޢާންމުކުރާ އުސޫލުގެތަކުގެ ދަށުން ދޫކޮށްލާ ގޯއްޗާއި ފުލެޓު ދޫކޮށްލުމުގައިވެސް ޢަމަލު ކުރާނެ އުސޫލެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލަށް މިއަމަލު ކުރަން ފަށާ އުސޫލާއި އެކު، ގޯއްޗާއި ފްލެޓް ހޯދުމަށް ކުދި ބިންކޮޅުތައް ސަރުކާރަށް ދޫކޮށްލަން ނުޖެހޭނެ ކަމަށެވެ. އަދި އައު އުސޫލާއި އެކު އެފަދަ ބިންކޮޅުތައް ދޫކޮށްލަން ޖެހޭނީ، އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިންގެ އިތުރުން ޢާއިލީ އެހެން މެމްބަރުންނަށް ކަމަށެވެ.

މިއުސޫލު ކުރިން ހިންގާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ވެސް ހިނގާނެ ކަމުގައި ހައުސިންގ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް