ވަގަށް ބޭރު ކުރަން އުޅުނު ޓަނަކަށް ވުރެ ގިނަ ބިޑިއޮޅާ ފަތް ލަންކާ ނޭވީން އަތުލައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސްރީލަންކާއިން ވަގަށް ބޭރު ކުރުމަށް ގޯނި ގޯނީގައި ބަންދުކޮށްފައިހުރި ކެންޑު ފަތްތައް --- ފޮޓޯ: ސްރީލަންކާ ނޭވީ.
ޤާނޫނާއި ޚިލާފަށް ސްރީލަންކާއިން ވަގަށް ބޭރުކުރަން އުޅުނު ބިޑި އޮޅާ ފަތްތަކެއް ސްރީލަންކާގެ ކަނޑުގެ ސިފައިން އަތިލައިގެންފިއެވެ.
ސްރީލަންކާގެ ނޭވީން ހާމަކޮށްފައިވާ ގޮތުގައި، އަތުލައިގަތް ބިޑި އޮޅާފަތް ނުވަތަ ކެންޑު ލީފްތަކުގެ ބަރުދަނުގައި، 1292ކިލޯ ހުއްޓެވެ. މި ފަތްތައް ފެނިފައި ވަނީ ގޯނި ގޯނީގައި ބަންދުކޮށް ވަގަށްބޭރުކުރަން ތައްޔާރުކޮށްފައި ހުއްޓައި، ސްރީލަންކާގެ އެރުކައްލަޕިއްޑި ގޮނޑުދޮށް ސަރަހައްދުން ކަމުގައިވެސް ލަންކާ ނޭވީން ހާމަކޮށްފައިވެއެވެ.
ކެންޑު ފަތަކީ، ސްރީލަންކާ އާއި ދެކުނު އިންޑިއާގެ އަވަށްތަކުގައި އުޅޭ މީހުން ބިޑި އެނބުރުމަށާއި އަދި، ހަކީމީ ބޭސްވެރިކަމަށްވެސް ބޭނުންކުރާ ފަތެކެވެ. މިފަތް ސްރީލަންކާއިން ބޭެރު ކުރެވޭނީ ޤަވާއިދުން ހުއްދަ ލިބިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް