ރާއްޖެ

ގަސްދުގައި މީހަކު ބުޅަލެއް މަރާލި މައްސަލައެއް ފުލުހުން ބަލަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގަސްދުގައި މީހަކު ބުޅަލެއް މަރާލި މައްސަލައެއް ފުލުހުން ބަލަނީ

ހުޅުމާލެ އަތިރިމަތީގައި ބުޅަލެއް ހިނގަނީ --- ފޮޓޯ: ރައްޔިތުންގެ ނޫސް

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ބަލަން ފަށާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ، 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައި ކަމަށެވެ. ދިރޭތަކެއްޗަށް އަނިޔާކުރުމާއި މެދުމަކީ ރާއްޖޭގައި މިހާރު ޤާނޫނަކުން މަނާކޮށްފައިވާ ކަމެކެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް