އެގްރޯނެޓުގެ އެމްޑީއަކަށް ސިނާނު، ޗެއާ އަކަށް އަނަސް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް މިހާރު ބަދަލުކޮށްފައިވާ، އެގްރޯނެޓް މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް، ސާބިތު ދަރަނީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު، މުހައްމަދު ސިނާން ޢައްޔަނުކޮށްފިއެވެ.
އޭނާ އެމަޤާމަށް ޢައްޔަނުކޮށްފައިވާކަން، މިފްކޯއިންވެސް ވަނީ ހާމަކޮށްފައެވެ، މީގެ އިތުރުން އެގްރޯނެޓުގެ ޗެއާމަންގެ މަޤާމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަނަސް ވެސް ޢައްޔަނުކޮށްފައިވާކަން މިފްކޯއިން ވަނީ ހާމަކޮށްފައެވެ.
އެގްރޯނެޓަކީ، ދަނޑުވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، ރާއްޖޭގެ އެތެރޭގެ އުފެއްދުންތައް އިތުރުކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންނެކެވެ.
އެގްރޯނެޓްގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ޢައްޔަނު ކުރެއްވި މުހައްމަދު ސިނާނަކީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރުކަމުގެ މަޤާމަށް 2024 ވަނަ އަހަރު އިންތިޚާބުވި ބޭފުޅެކެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމުގައި ކަނޑައަށް އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ޙުކުމް ކުރީ، މިއަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް