Post banner
ވިކުރާ

މާލެ ޓެކްސީ ލައިން ޚިދުމަތުގެ ޑާޓާ ލީކު ކުރީ ކުންފުނީގެ މުވައްޒަފެއް: އެމްޓީސީސީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލެ ޓެކްސީ ލައިން ޚިދުމަތުގެ ޑާޓާ ލީކު ކުރީ ކުންފުނީގެ މުވައްޒަފެއް: އެމްޓީސީސީ

މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ހެކްކޮށްފައިނުވާ ކަމަށާއި މާލެ ޓެކްސީ ލައިން ޚިދުމަތުގެ ޑާޓާ ލީކު ކުރީ ކުންފުނީގެ މުވައްޒަފެއް ކަމުގައި އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައި ވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފަކުކަން މިކުންފުނިން ކުރި އެތެރޭގެ ތަހުގީގުން ވަނީ އެނގިފައި ކަމަށެވެ. މި މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާއި ނުލާ އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެކުންފުނިން ބުނީ، ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުގެނައިކަން މިކުންފުނީގެ އައ.ިސ.ީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާއެކ،ު ވަގުތުން މިކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުން ކުރިކަމަށެވެ. އަދ،ި ކުންފުނީގެ ސާރވާ އަދި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާއެކު ރީސްޓޯރކޮށް ރައްކާތެރި ކުރެވިފައިވާ ކަމުގައިވެސް އެކުންފުނީގެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުނ،ް ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރި ނުވާނެކަމުގައި މިކުންފުނިން ކަށަވަރުކޮށްދޭ ކަމުގައިވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނެފައި ވަނީ، އެ އަމަލު ހިންގާފައިވާ މުވައްޒަފު މިހާރު ވާނީ ވަޒީފާ ޒިންމާތަކުން އެކަހެރި ކޮށްފައި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް