ސަރުކާރުން ފައިސާ ޗާޕުކުރުން ކުރިޔަށް ގެންދާނެ : ޑރ ޝަމްހީދު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޑރ. އަޙްމަދު ޝަމްހީދު --- ފޮޓޯ: މަޖިލިސް
ޕެންޝަން އޮފިސް މެދުވެރިކޮަށް މިސަރުކާރުން ކުރާ ކަމަކީ، ފައިސާ ޗާޕުކުރުން ކަމަށާއި، ކުރިޔަށް އޮތް ތަނުގައިވެސް ސަރުކާރުން އެކަން ކުރަމުން ގެންދާނެ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ޕެންޝަން ފަންޑަށް ބޮންޑު ވިއްކައި ސަރުކާރުން ހިންގާފައިވާ މުއާމަލާތާއި ގުޅިގެންނެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، ރައީސް މުއިއްޒު އެކަމަކަށް އެންމެބޮޑަށް ފާޑުވިދާޅެ އަދި އަޑަށް އެންމެ ބާރުލާފައި ނުކުރައްވާނެ ކަމަށް ދެއްކެވި ވާހަކަ އަކީ، "ފައިސާ ޗާޕުކުރުން" ކަމަށެވެ. އެހެން ނަމަވެސް މިއަދު 2.4 ބިލިއަން ޗާޕުކުރީ ކީއްވެތޯ ރައްޔިތުން އަމިއްލައަށް ސުވާލުކޮށްލަން ޖެހޭ ކަމުގައި ޑރ، ޝަމްހީދު ވިދާޅުވިއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރުގައި ބިލްތަކަށް ދައްކާނެ ފައިސާއެއް އަދި ބަހަމުންދާ ވަޒީފާތަަކަށް މުސާރަ ދެވޭނެ ގޮތެއްވެސް ނެތްކަމަށެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، މިފެންނަނީ ދިވެހިދައުލަތުގެ ފައިސާ އަކީ، ސަރުކާރު ހިންގާ ޕާޓީގެ ހަރުމުދަލަށްވެ، ޕާޓީއަށް ފައިސާ އާއި ވޯޓް ހޯދުމުގެ ބޭނުމުގައި ދައުލަތުގެ މާލިއްޔާ ބޭނުން ކުރަން ފެށުމުގެ ނަތީޖާއަކީ، މިއަދު މުސާރަދޭނެހައި ފައިސާވެސް ދައުލަތުގައި ނެތިގެން އުޅެންޖެހޭ މަންޒަރުކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް