ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު ދިވެއްސެއް ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަތަމާގެ / ގދ. ވާދޫ، ޢިޖާޒު ނަޞީރު (40އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. --- ފޮޓޯ: ފުލުހުން
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އެފްޑަބްލިއު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ސީސީޓީވީތައް ބަލައި ކުރެވުނު މަސައްކަތުން ޖުލައި 26 ވަނަ ދުވަހުގެ ރޭ 12:30 އެހައިކަންހާއިރު އެ މީހުން ދުއްވި ސައިކަލު ހޯދައި އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.
އަދި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އެ މީހާ މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަތަމާގެ ޢީޖާޒް ނަސީރު (40އ) އެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ބިދޭސީ މީހާގެ އަތުން ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ވެސް ހޯދާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް