ފުންފަޅުގޭ އަލިފާނުގެ ހާދިސާގައި 109 މީހުންނަށް އަސަރުކުރި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުންފަޅުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ---
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގ. ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، 109 މީހަކަށް އަސަރުކޮށްފައިވާ ކަމަށާއި ،އެމީހުންނަށް އިންސާނީ އެހީތެެރިކަން ފޯރުކޮށްދިނުމަށް ލައްކައެއްހައި ރުފިޔާ މިހާތަނަށް ޚަރަދުވެފައިވާ ކަމުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އެ އޮތޯރިޓީން ވިދާޅުވީ، އަލިފާނުގެ އެ ހާދިސާ އާއި ގުޅިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ވަނީ ޚަރަދުކުރެވިފައިވާ ކަމަށެވެ. މިގޮތުން، ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައިވާ ކަމަށާއި، މީގެ އިތުރުން، އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ވާކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވިއެވެ.
އެ އޮތޯރިޓީން ވިދާޅުވީ، އަލިފާނުގެ މި ހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ފެނުގެ ނެޓްވޯކް ހަލާކުވުމާއި ގުޅިގެން އެއިމާރާތުގައި ދިރިއުޅޭ އެހެން މީހުންނަށްވެސް ވަނީ އެކަމުގެ އަސަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް