ނައިފަރުގެ މައްޗަށް ކުރިހޯދާ ހިންނަވަރުން އަތޮޅޮ ޗެންޕިއަންކަން ހޯދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ޅ އަތޮޅު ފައިނަލުގައި 1-2 ގެ ނަތީޖާއަކުން ހިންނަވަރު ޗެމްޕިއަންކަން ހޯދައިފިއެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ހިންނަވަރު ޓީމުގެ ދެ ގޯލްވެސް ޖެހީ ޖޯޒީ ނަންބަރު 13 އަޙްމަދު އަޝްރަފުއެވެ. އަދި މެޗުގެ 11 ވަނަ މިނެޓުގައި ނައިފަރު ޓީމުގެ ގޯލް ޖެހީ ޖޯޒީ ނަންބަރު 21 އަހްމަދު އަތުވާން އަލީއެވެ.
ދެވަނަ ހާފްގައި އިތުރު ގޯލެއް ނުފެނި މެޗު ނިމިގެން ދިޔައީ 1-2 އިން ހިންނަވަރުން އަތޮޅު ޗެމްޕިއަންކަން ހޯދައިގެންނެވެ.
ހިންނަވަރާއި ނައިފަރު ވާދަކޮށް ކުޅުނު މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިންނަވަރު ޓީމުގެ ދެ ގޯލްވެސް ޖެހި އަހްމަދު އަޝްރަފެއެވެ.
ނޯތު ރީޖަންގެ ޒޯން 2 ގައި ވާދަކުރާނީ ނ. މަގޫދޫ، ރ. ދުވާފަރު، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ތުޅާދޫގެ އިތުރުން ޅ. ހިންނަވަރާއި ނައިފަރެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް