ގެއްލުނީ ހުސް ކޮންޓެއިނާތަކެއް: އެމްޕީއެލް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: އެމްޕީއެލް
ރޭ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގެ ތެރޭގައި ކަނޑަށް ވެއްޓި ގެއްލިފައި ވަނީ ހުސްކޮންޓެއިނާ ތަކެއް ކަމުގައި އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ މީޑިއާ އޮފިސަރު، ރައްޔިތުންގެ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް އެމްްޕީއެލްގެ ބާޖަކުން ކަނޑަށް ވެއްޓުނީ، އޭގައި އެއްވެސް މުދަލެއް ނެތް ހުސް ކޮންޓެއިނާ ތަކެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 40 ފޫޓޫގެ 3 ކޮންޓެއިނާ އާއި 20 ފޫޓުގެ ދެ ކޮންޓެއިނާ ކަމަށެވެ.
އޭގެ ތެރެއިން ދެ ކޮންޓެއިނާ ފެނިފައި ވާއިރު، ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނާ އާއި 20 ފޫޓުގެ ކޮންޓެއިނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބެލެވިފައިވާ ވަނީ އެ ކޮންޓެއިނާތައް ފެންވަދެ ކަނޑުގެ އަޑިއަށް ދިޔައީ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ 23:10 ހާއިރުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް