Post banner
ރާއްޖެ

ހަންޏާ މީދުގައި ހިނގި ހާދިސާއެއްގައި ނިޔާވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުޑަކުއްޖެއް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަންޏާ މީދުގައި ހިނގި ހާދިސާއެއްގައި ނިޔާވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުޑަކުއްޖެއް

އދ. ހަންޏާމީދޫ ބަނދަރު ---

އދ. ހަންޏާމީދޫގައި އިއްޔެ ހިނގި ހާދިސާގައި ޙާއްޞައެހީއަށް ބޭނުންވާ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.

އިއްޔެ ހަވީރު، ހިނގި އެހާދިސާގައި ނިޔާވެފައި ވަނީ، އދ. ހަންޏާމީދޫ/ ޑޭޒީވިލާ، ޢަލީ އަނަސް ބިން މުޙައްމަދު ޢަރީޝްކަމުގައި ހަންޏާމީދޫ ކައުންސިލުން ވަނީ ހާމަކުރައްވާފައިވެއެވެ.

އެ ހާދިސާ ހިނގީ އުމުރުން 13 އަހަރުގެ އެކުއްޖާ، އޭނާގެ ކާފަ އާއިއެކުގައި ހަންޏާމީދޫ ބަނދަރުމައްޗަށް ގޮސް އުޅުމުގެ ތެރޭގައެވެ. ބަނދަރުމަތީގައި ތަޅުދަނޑި ޖަހައި ބާއްވާފައި އޮތް ބަގީއަކަށް އަރައި އިސްޓާޓްކޮށްލުމުން އެބަގީ ކޮންޓްރޯލުން ނެއްޓިގެން ގޮސް ބަނދަރުގެ ތެރެއަށް ވެއްޓުމުންނެވެ.

އެ ކުއްޖާ ނިޔާވީ އެކްސިޑެންޓާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް ހަންޏާމީދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށްކަމުގައި އެރަށުން މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ ހާދިސާ ހިނގިގޮތް ބަލައި އެކަން ތަޙްޤީޤުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް