ހަނިމާދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝާޔާ އަހްމަދު ރައޫފް ހޮވިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހަނިމާދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝާޔާ އަހްމަދު ރައޫފް --- ފޮޓޯ: ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ޝާޔާ އަހްމަދު ރައޫފް ހޮވިއްޖެއެވެ.
ހަނިމާދޫ ސްކޫލުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ އެ ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ޝާޔާ އަޙްމަދު ރައޫފް މިދިޔަ އަހަރުގެ "ބެސްޓް އޯލް ރައުންޑް" ދަރިވަރު ނުވަތަ އެންމެ މޮޅު ދަރިވަރުގެ ޝަރަފު ހާސިލްކޮށްފައިވާ ކަމަށެވެ. ޝާޔާއަށް މި ޝަރަފު އަރުވާފައިވަނީ ހަނިމާދޫ ސްކޫލްގެ 2026 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައެވެ.
އެ ޕޯސްޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޝާޔާއަށް މި ކާމިޔާބީ ލިބުނީ ކިޔެވުމުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބީއާއި، ސްކޫލްގެ އެކި ހަރަކާތްތަކުގައި ބަހައްޓާފައިވާ އިސްނެގުމާއި، ލީޑަޝިޕްގެ ހުނަރުގެ އިތުރުން ރީތި އަހްލާގުގެ ސަބަބުން ލިބުނު ޝަރަފުވެރި އެވޯޑެއް ކަމަށެވެ.
އެންމެ މޮޅު ދަރިވަރުގެ ޝަރަފު ހާސިލްކުރުމާ ގުޅިގެން ހަނިމާދޫ ސްކޫލުން ވަނީ ޝާޔާގެ އިތުރުން، އޭނާގެ އާއިލާއަށާއި މުދައްރިއްސުންނަށް ވެސް ތަހުނިއްޔާ އަރިސްކޮށްފައެވެ.
ހަބަރު ލިޔުނީ: މުހައްމަދު މުއާޒް – ރަށު ރިޕޯޓަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް