Post banner
ރާއްޖެ

މަޖިލީހުގެ ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ފަސްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަޖިލީހުގެ ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ފަސްކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލިހުގެ ނައިބު ރައީސް ނާޒިމް ބަލަހައްޓަވަނީ --- ފޮޓޯ: މަޖިލިސް

މިއަދު ބޭއްވުމަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން މިއަދުގެ ޖަލްސާ 10:00 އަށް ލަސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ކޯރަމް ހަމަވޭތޯ ބައްލަވާފައެވެ. އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހެނދުނު 09:00 ގައެވެ. ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު މަޖިލީހުގެ ގަވައިދު ބުނާގޮތުން ވަކި އަދަދަކަށް މެންބަރުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެފައިނުވާނަމަ ޖަލްސާއެއް ނުބޭއްވޭނެއެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ބަހުސްކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ސައިބަރ ބިލާއި ޒާތީ މައުލޫމާތު ރައްކާތެރިކުމުގެ ބިލަށެވެ. އަދި ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންނާއި ގުޅޭ މައްސަލަ އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެއެވެ. މީގެ އިތުރުން އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލަށް އިޖްތިމާއި ކޮމިޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓު ހުށައެޅުމަށްވެސް ވަނީ ތާވަލްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް