Post banner
ރަށްރަށުން

އާރްއެސްސީ ވެޓަރެންސް ކަޕް 2026 ނިންމާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އާރްއެސްސީ ވެޓަރެންސް ކަޕް 2026 ނިންމާލައިފި

އާރްއެސްސީ ވެޓަރެންސް ކަޕް 2026ގެ ތެރެއިން ---

ރަސްމާދޫގައި ކުރިޔަށް ދިޔަ އާރްއެސްސީ ވެޓަރެންސް ކަޕް 2026 ސޮހޯ މަންޑެލި ޓީމުން ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 4 ޓީމުން ވާދަކުރި މުބާރާތުގެ ޗެންޕިއަންކަން އެޓީމުން ހޯދީ ރޭ ކުޅެވުނު ފައިނަލްމެޗްގައި ފުރްސާން އަލް ބަހްރް ޓީމާއި ވާދަކޮށް 4 - 6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޮހޯ މަންޑެލި ޓީމުގެ ޖަރޒީ ނަމްބަރ 7 މުޙައްމަދު ފަރުހާދުއެވެ.

ސޮހޯ މަންޑެލި ޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު އެޓީމުންވަނީ މުބާރާތުގައި ޖުމްލަ 22 ގޯލް ކާމިޔާބުކޮއްފައެވެ.

މުބާރާތުގެ ވަނަތައް:

ކިންގް އޮފް ދަ ޓޯރނަމެންޓް: މުޙައްމަދު ފަރުހާދު ( ޖާޒީނަމްބަރު 7) ސޮހޯ މަންޑެލި

މުބާރާތުގެ މޮޅު ފަސްކުޅުންތެރިންނަކީ، 5 ކުޅުންތެރިންނަކީ؛

*މުޙައްމަދު ފަރުހާދު ( ޖާޒީނަމްބަރު 7) ސޮހޯ މަންޑެލި

*މުޙައްމަދު ފަޒީމް ( ޖާޒީނަމްބަރު 11) ފުރްސާން އަލްބަހްރު

*އިބްރާހިމް މަމްދޫހް ( ޖާޒީނަމްބަރު 77) ކުލަބް ނޫހިރި

*މުޙައްމަދު ޢަބްދުއްރަޙްމާން ( ޖާޒީނަމްބަރު 8) ސޮހޯ މަންޑެލި

*ޙަސަން ފައިސަލް ( ޖާޒީނަމްބަރު 1) ސޮހޯ މަންޑެލި

7 ގޯލު ޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި މަޤާމު ހާޞިލް ކުރި ކުޅުންތެރިން:

*މުޙައްމަފު ފަޒީމް ( ޖާޒީނަމްބަރު 11) ފުރްސާން އަލްބަހްރު

*އިބްރާހިމް މަމްދޫހް ( ޖާޒީނަމްބަރު 7) ސޮހޯ މަންޑެލި

ރަނަރއަޕް ޓީމް

ފުރްސާން އަލްބަހްރު

ފެއަރ ޕްލޭ ޓީމް

ނޭޒާ ކަމްބެކް

އާރްއެސްސީ އެވަރ ގްރީން އެވޯޑް ( 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާ)ގެ މަޤާމް ޙާސިލްކުރީ، ފުރުސާން އަލްބަހްރު ޓީމުގެ ޢަބްދުލް ޖަލީލް ޢާދަމް ފުރްސާނެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ވެޓަރެންސް ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ކަސްރަތާއި ދުޅަހެޔޮކަމަށް ރައްޔިތުން އަހުލުވެރިކުރުވުން ކަމަށް ރަސްމާދޫ ސްޕޯޓްސް ކުލަބުން ހާމަކުރެއެވެ.

ކުރިއަށް އޮތް ރ ވެޓަރެންސް މުބާރާތާއި ދިމާކޮށް ރ އަތޮޅުގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންނަމާދޫގައި ވެސް މި މަހު ވެޓަރެންސް މުބާރާތެއް ފަށާނެއެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް