ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ އާރިފް އިސްތިއުފާ ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އާއިލީ ބޭފުޅެއް ކަމުގައިވާ، އަދި ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޢަލީ އާރިފް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ، ކަށަވަރުކޮށްދެއްވާފައެވެ.
ޢަލީ އާރިފް މިހާތަނަށް ހުންނެވީ، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައެވެ. އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023ގައެވެ.
މަޤާމުން އިސްތިއުފާ ދެއްވި ސަބަބަކާއި ގުޅޭ ގޮތުން ޢަލީ އާރިފް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް