ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ ލަގެޖުން ވަޒަންތަކެއް ފެނުމާއި ގުޅިގެން އޭނާ ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ ---
އިއްޔެ ވައިގެ މަގުން ރާއްޖެއައި އެމެރިކާ ރައްޔިތެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނުމާއި ގުޅިގެން އޭނާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ރައްޔިތެއް ކަމުގައިވާ، އުމުރުން 36 އަހަރުގެ، ކޮބޯލް ބްރިޓެއިން ޓެއިލާ ކަމަށެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން މިއަދު އޭނާގެ ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމަކީ، ޤާނޫނީ ކުށެކެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް