Post banner
ދުނިޔެ

އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒަށް އީރާނުން ދިން ހަމަލާގައި އެމެރިކާ ސިފައިންގެ ދެމީހުން މަރާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒަށް އީރާނުން ދިން ހަމަލާގައި އެމެރިކާ ސިފައިންގެ ދެމީހުން މަރާލައިފި

އީރާނުގެ ބެލެސްޓިކް މިސައިލެއް --- ފޮޓޯ: އަލްޖަޒީރާ

އެމެރިކާއިން އީރާނަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން، އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ބެލެސްޓިކް މިސައިލް ހަމަލާގައި އެމެރިކާ ސިފައިންގެ ދެމީހުން މަރާލައިފިއެވެ.

އިއްޔެ އީރާނުން ދިން ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ދެމީހަކު މަރުވެފައިވާކަމަށް އެމެރިކާއިން މިހާރު ވަނީ އެއްބަސްވެފައެވެ. އަދި އެހަމަލާގައި އެމެރިކާ ސިފައިންގެ އިތުރު ހަތަރުމީހަކު ޒަޚަމްވެފައިވާއިރު، ސިފައިންގެ އިތުރު މީހަކު ގެއްލިފައިވާ ކަމަށްވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާއި މެދު މަޝްވަރާކުރަމުން ދިޔުމަށްފަހު، އެމެރިކާއިން އީރާނާއި ދެކޮޅަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުންދޭންފެށި ހަމަލާތަކުގައި ސީދާ އެމެރިކާ ސިފައިންގެ ބަޔަކު މަރުވި ކަމަށް، އެމެރިކާއިން އެއްބަސްވި ފުރަތަމަ ފަހަރެވެ. އަދި މަރުވި ސިފައިންގެ އާއިލާތަކަށް ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެކަން އަންގަމުންދާނެ ކަމުގައިވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އީރާނުން އިއްޔެ ވަނީ، އުރުދުން އާއި ކުވައިތާއި ބަޙްރައިނާއި ސަޢޫދީ ޢަރަބިއްޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިއްޔެވެސް ވަރުގަދަ މިސައިލް ހަމަލާތަކެއްދީފައެވެ. އެމެރިކާއިން އީރާނަށް ދެމުން އަންނަ ހަމަލާތަކާއި، އީރާނުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އަނެއްކާވެސް ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގައި ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް