ޚިދުމަތްދޭނެ މުވައްޒަފެއް ނެތުމުން ރައްޔިތުން ކައުންސިލް އިދާރާ ބަންދުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ރަކީދޫ ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީ ވިދާޅުވީ، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ރަކީދޫ ކައުންސިލް އިދާރާ ބަންދުކުރީ، އެކައުންސިލް އިދާރާގައި އެއްވެސް މުވައްޒަފަކު ނެތުމުން ރައްޔިތުންނަށް ކައުންސިލް އިދާރާއިން ލިބެންޖެހޭ އެއްވެސް ޚިދުމަތެއް ލިބެމުން ނުދާތީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.
ވ.ރަކީދޫ ކައުންސިލު އިދާރާގަ އިދާރީ ހުރިހާ މުވައްޒަފުންވެސް އިސްތިއުފާދީފައި ވާއިރު، ކައުންސިލަރުންގެ ތެރެއިން 3 މެންބަރަކުވެސް ވަނީ ކައުންސިލުން ވަކިވެފައެވެ.
ރަކީދޫއަކީ، ރާއްޖޭގެ އެންމެ އާބާދީކުޑަ ރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް