މިނިސްޓަރ ޝަހީމް ވިދާޅުވީ 100 އަހަރުވީ ބަންޑާރަ މިސްކިތަކީ ތަރިކައެއް ނޫންކަމަށް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބަންޑާރަ މިސްކިތް -- ފޮޓޯ: ސޯޝަލް މީޑިއާ
އައު މިސްކިތެއް އެޅުމަށްޓަކައި، މިސަރުކާރުން މިހާރު ތަޅާލަން ނިންމާފައިވާ، ހިޖުރީ ގޮތުން މިހާރު 100 އަހަރުވެފައިވާ ބަންޑާރަ މިސްކިތަކީ އާސާރީ ތަރިކައެއް ނޫން ކަމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، އެމިސްކިތް ރޯދައިގެ ފަހުން ތަޅާލަން ނިންމުމާފައިވާކަން އިޢުލާނު ކުރެއްވުމަށްފަހު، އެކަމަށް ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދުދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓު ތަކުގައެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ، ރާއްޖޭގައި އާސާރީ މިސްކިތްތަކުގެ ލިސްޓެއް އޮންނަ ކަމަށާއި، އެލިސްޓުގައި ބަންޑާރަ މިސްކިތް ނުހިމެނޭ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ތަނަކަށް 100 އަހަރު ވުމަކީ، ހުރިގޮތަށް ބަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ގެފުޅަށް ވުރެ މާތްތަނެއް ނުހުންނާނެ ކަމަށް ވިދާޅުވެ، ގެފުޅަށާއި އަލްމަސްޖިދުލް ޙަރަމްއަށް އެކި ޒަމާންތަކުގައި ގެނެވުނު ބަދަލުތަކުގެ ވާހަކަ މިނިސްޓަރ ޝަހީމް ވަނީ ދައްކަވާފައެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ، ބަންޑާރަ މިސްކިތްތަޅާލައި އައު މިސްކިތެއް އަޅަން ޖެހެނީ، މިހާރު ހުރި މިސްކިތުގައި ޖާގައިގެ ދަތިކަން ކުރިމަތިވާތީ ކަމަށެވެ.
މިހާރު ހުރި ބަންޑާރަ މިސްކިތް ތަޅައިނުލުމަށާއި، އެތަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ތާރީޚާއި ތަރިކައަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް