ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ޚަބަރު ނުފެތުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ޚަބަރާއި މައުލޫމާތު ނުފެތުރުމަށާއި، ޤައުމީ ސަލަމާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަން ދިނުމަށް އެމްއެމްބީސީން ނޫސްވެރިންނަށް ހަނދާންކޮށްދީފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބަޔާނެއް ނެރެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުޢިއްޒު ހޯމަދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނު ހަނގުރާމައާއި ގުޅިގެން ދެއްކެވި ވާހަކަފުޅު ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތާއި މެދު ސަރުކާރުގެ އިސްވެރިންވެސް ހިތްހަމަނުޖެހުންފާޅުކޮށްފައި ވަނިކޮށެވެ.
އެމްއެމްބީސީން ނެރުނު ބަޔާނުގައި ބުނީ، ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސްލޫކީ މިންގަނޑާއި އެއްގޮތަށް ޒިންމާދާރުކަމާއި އެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިގޮތުން ވަކިން ޚާއްޞަގޮތެއްގައި ދުނިޔެ ހަނގުރާމައިގެ ބިރުވެރި ދުވަސްތަކެއް ކަޑައްތު ކުރަމުން ގެންދާ މިޚައްޞާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ކުރާ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ވާހަކައިގެ މަފްހޫމް ނުގެއްލޭ ގޮތަށް ގެނެސްދިނުމަށާއި، އަސްލާއި އެއްގޮތް އަދި މެނިޕިއުލޭޓްކޮށްފައިވާ އަދި ފެބްރިކޭޓްކޮށްފައިވާ އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުމަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި އީރާނު ހަނގުރާމަ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތައް މިހާރު އަންނަނީ ބައިނަލްއަޤުވާމީ މީޑިއާތަކުންވެސް ކަވަރުކުރަމުންނެވެ. އެވާހަކަފުޅުތަކުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ގުޅުންތަކާއި ޤައުމީ ސަލާމަތަށް އެކަމުގެ އަސަރުތައް ކުރާނެ ކަމުގައި ސިޔާސީ ފަރާތްތަކުންވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް