ޙައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް ހަމަޖައްސައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ ރައީސް އޮފީސް
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަުގެ މަޤާމަށް، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެެރީގެ މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކޮށްފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު އަދި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ފިރުޒުލް އައްޔަންކުރެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ)އިން ހާމަކުރީ މިއަދުއެވެ.
ފިރުޒުލްއަކީ، މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމަށް ފިރުޒުލް މިއަދު އައްޔަނުކުރެއްވީ، އެމަޤާމުގައި ކުރިން ހުންނެވި، މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމާއި އެކު އޭނާ އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް