ވިކުރާ

ފެރީތަކަށް ވިއްކާ ތެލުގެ އަގު ހެޔޮކުރާނެ ކަމަށް ބުނި ނަމަވެސް މިއަދުވެސް ވިއްކަނީ ހަމަ އިއްޔެ ބޮޑުކުރި އަގުގައި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފެރީތަކަށް ވިއްކާ ތެލުގެ އަގު ހެޔޮކުރާނެ ކަމަށް ބުނި ނަމަވެސް މިއަދުވެސް ވިއްކަނީ ހަމަ އިއްޔެ ބޮޑުކުރި އަގުގައި

މާލެ އަތޮޅުގައި ފެރީގެ ޚިދުމަތްދޭ މައިދޫ ސްޕީޑުން ބުނީ، މިއަދުވެސް މާލެއިން އެފެރީއަށް ތެޔޮއަޅައިދީފައި ވަނީ، އިއްޔެ ބޮޑު ކުރި އަގުގައި ކަމަށެވެ. އިއްޔެ ފިއުލް ސަޕްލައިއިން ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު، 27 ރުފިޔާ 13 ލާރިއަށް ބޮޑުކޮށްފައެވެ. އަދި ޑީސަލް ލީޓަރެއް 28 ރުފިޔާ 32 ލާރިއަށް ވަނީ ބޮޑުކޮށްފައެވެ.

އިއްޔެ ތެލުގެ އަގު ބޮޑު ކުރުމަށް ފަހުގައި، ފެރީ ލޯންޗުތަކަށާއި އާއްމު ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކަށް ކުރީގެ އަގުގައި ތެޔޮ ވިއްކާނެ ކަމަށް އެސްޓީއޯއިން ރޭ ހާމަ ކުރި ނަމަވެސް މިއަދުވެސް ތެޔޮ ވިއްކަމުން އަންނަނީ އިއްޔެ ބޮޑުކުރި އަގުގައި ކަމަށް، އަތޮޅުތަކަށް ފެރީގެ ޚިދުމަތްދޭ ފަރާތްތަކުން ބުނެފިއެވެ.

މާލެ އަތޮޅުގައި ފެރީގެ ޚިދުމަތްދޭ މައިދޫ ސްޕީޑުން ބުނީ، މިއަދުވެސް މާލެއިން އެފެރީއަށް ތެޔޮއަޅައިދީފައި ވަނީ، އިއްޔެ ބޮޑު ކުރި އަގުގައި ކަމަށެވެ. އިއްޔެ ފިއުލް ސަޕްލައިއިން ވަނީ ޕެޓްރޯލް ލީޓަރެއްގެ އަގު، 27 ރުފިޔާ 13 ލާރިއަށް ބޮޑުކޮށްފައެވެ. އަދި ޑީސަލް ލީޓަރެއް 28 ރުފިޔާ 32 ލާރިއަށް ވަނީ ބޮޑުކޮށްފައެވެ.

އެހެން ނަމަވެސް ރޭ އެސްޓީއޯއިން ބުނީ، މިމަހުގެ 4 ވަނަ ދުވަހުފެށިގެން ތެޔޮ ވިއްކާ އަގަށް އާއްމުދަތުރުފަތުރާއި ފެރީގެ ޚިދުމަތްދޭ ފަރާތްތަކަށް އަދި މަސްވެރިންނަށް ތެޔޮ ވިއްކާނެ ކަމަށެވެ. އެއީ، ޕެޓްރޯލް ލީޓަރެއް ވިއްކާނީ، 16 ރުފިޔާ 01 ލާރިއަށް އަދި ޑީސަލް ލީޓަރެއް ވިއްކާނީ، 17 ރުފިޔާ 54 ލާރިއަށެވެ. އިއްޔެ ތެލުގެ އަގު ބޮޑު ކުރި ނަމަވެސް ޝެޑްތަކުން ތެޔޮ ވިއްކާއަގު ބޮޑެއް ނުކުރެއެވެ.

އަތޮޅުތަކަށް ފެރީގެ ޚިދުމަތްދޭ ކުންފުނިތަކުން އިއްޔެއިން ފެށިގެން ވަނީ ޓިކެޓްގެ އަގު ދެގުނަ ބޮޑުކޮށްފައެވެ. އަދި އެސްޓީއޯއިން އިއުލާނުކުރި ގޮތަށް ތެޔޮގަންނަން ނުލިބޭ ކަމުގައި ފެރީލޯންޗު ދަތުރުކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް