Post banner
ދުނިޔެ

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން 6000ވުރެ ގިނަ މީހުން ސަލާމަތްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވެނެޒުއޭލާއަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން 6000ވުރެ ގިނަ މީހުން ސަލާމަތްކޮށްފި

ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ ---

މިދިޔަ ހުކުރު ދުވަހު ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ދިރިތިބި 6000 ވުރެ ގިނަ މީހުން ސަލާމަތް ކުރެވިއްޖެކަމުގައި ވެނެޒުއޭލާގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ.

މިގޮތުން މިއަދުގެ ނިޔަލަށް ޖުމުލަ 6461 މީހުން ވަނީ އިމާރާތްތަކުގެ ދަށުން ސަލާމަތްކޮށްފައެވެ. ބިންހެލުން އައިތާ 5 ދުވަސް ވެފައި ވާއިރު، އަދިވެސް އިމާރާތްތަކުގެ ދަށުން ދަނީ ދިރިތިބި މީހުން ފެންނަމުންނެވެ. މިއަދުވެސް ވެއްޓިފައިވާ އިމާރާތެއްގެ ދަށުން 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފައިވެއެވެ.

ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އެތައްހާސް މީހުންނެއް ވާނެކަމަށް ބެލެވިފައި ވާއިރު، އަދިވެސް ގިނަ އިމާރާތްތަކެއް ދަށުގައި ދިރިތިބި އެތައް ބަޔަކު ތިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.

އެންމެފަހުން ހާމަކޮށްފައިވާ ގޮތުގައި، ބިންހެލުމުގައި މިހާތަނަށް މަރުވިކަން ކަށަވަރުވެފައިވާ މީހުންގެ އަދަދު ވަނީ 1900އަށް މަތިވެފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު ވަނީ 10500އަށް މަތިވެފައެވެ.

ބިންހެލުމުގައިވެނެޒުއޭލާގެ ވެރިރަށް ކަރަކަސްއަށް ބޮޑެތި ގެއްލުންތައް ލިބުނު އިރު، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ލައްކައަކާއި ގާތްކުރާނެ ކަމަށް، ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ވަނީ އަންދާޒާކޮށްފައެވެ. ބިންހެލުމަށް ފަހުގައި، ގެއްލިފައިވާ ކަމަށް، ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުވެސް ވަނީ 46000އަށް މަތިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް