އިންޑިއާގައި ދެބުރި ބަހެއް ފުރޮޅާލައި 5 މީހުން މަރުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުރޮޅާލި ބަސް -- ފޮޓޯ: ޕީޓީއައި
އަވައްޓެރި އިންޑިއާގެ ލަކްނޫގައި ދެބުރި ބަހެއް ފުރޮޅާލައި 5 މީހުން މަރުވެއެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
އިންޑިއާގައި ބަހުގެ ޚިދުމަތްދޭ އަމިއްލަ ކުންފުންޏެއްގެ އެބަސް ފުރޮޅާލި ހާދިސާގައި މަރުވެފައި ވަނީ، އަންހެނަކާއި ފިރިހެނެއްގެ އިތުރުން ކުޑަ ތިންކުދިންނެވެ. ހާދިސާ ހިނގާފައި ވަނީ އިއްޔެ ހަވީރު، ލަކްނޫ އެކްސްޕްރެސްވޭގައެވެ. މިހާދިސާގައި 14 މީހުން މަރުވިއެވެ.
އެކްސިޑެންޓް ހިނގިއިރު އެ ދެބުރި ބަހުގައި ޖުމުލަ 85 މީހުން ތިއްބެވެ. އެކްސިޑެންޓްގައި ފުރޮޅާލި ބަހަކީ، ޕަންޖާބުގެ ލޫދިއާނާއިން ފުރައިގެން ބިހާރްގެ މޯތިހާރީއަށް ދަތުރުކުރި ބަހެކެވެ.
އިންޑިއާއަކީ މުޅިދުނިޔޭގައިވެސް މަގުމަތީ އެކްސިޑެންޓްތަކުގައި އެންމެ ގިނަ މީހުން މަރުވާ ޤައުމެކެވެ. އަހަރަކު ލައްކައަކަށް ވުރެ ގިނަ މީހުން އިންޑިއާގައި މަގުމަތީ އެކްސިޑެންޓްތަކުގެ ސަބަބުން މަރުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް