ރާއްޖެ

ވަގަށް ނެގި 4 މިލިއަންގެ ތެރެއިން ހޯދުނީ ބައިލައްކަ ރުފިޔާ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ވަގަށް ނެގި 4 މިލިއަންގެ ތެރެއިން ހޯދުނީ ބައިލައްކަ ރުފިޔާ

4 މިލިއަން ރުފިޔާގެ ވައްކަމާއި ގުޅިގެން ހައްޔަރުކުރި 5 ވަނަ މީހާ،

މިމަހުގެ 16 ވަނަ ދުވަހު، ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓެއްގެ ތެރެއިން ވަގަށް ނެގި 4 މިލިއަން ރުފިޔާގެ ތެރެއިން، މިހާތަނަށް ހޯދިފައި ވަނީ ބައިލައްކަ ރުފިޔާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ވައްކަމުގެ އެމައްސަލަ އާއި ގުޅިގެން މިހާތަނަށް 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ޖަމާއަތްހަދައިގެން ކޮށްފައިވާ އެވައްކަމާއި ގުޅިގެން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، ހދ.ނޮޅިވަރަންފަރު / ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުިވެފައި ވެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގައި ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިދީފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ވައްކަމުގެ މިމައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ، 2026 މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވެއެވެ. މިވައްކަންކޮށްފައި ވަނީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމުގައި މަނިކުސޭޓު ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަކުންނެވެ. އެފައިސާ ވަގަށް ނަގާފައި ވަނީ ތިޖޫރީގައި ހުއްޓައި، އެގޭ މީހުން ޢުމުރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް