classified
ވިކުރާ

ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް: ބީއެމްއެލް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް: ބީއެމްއެލް

ބީއެމްއެލްއިން ބޭއްވި ހަފްލާގެ ތެރެއިން ---

ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ކަމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ،

ބީއެމްއެލްގެ ކާޑުތަކަށް ދޫކޮށްފައިވާ ލިމިޓް ދަށްކޮށް ބައެއް ދިވެހިރުފިޔާ ކާޑުތަކުން ބައެއް އީކޮމާސް ވެބްސައިޓްތަކުގައި ވިޔަފާރި ނުކުރެވޭ ގޮތް ހަދާފައި ވާއިރު، ބީއެމްއެލްގެ ސީއީއޯ ޝަރީފް މިހެން ވިދާޅުވީ، ބީއެމްއެލްގެ ޑޮލަރު ވިޔަފާރީގެ މުއާމަލާތްތަކުގައި އިންވެސްޓްކުރުމަށް ހުޅުވާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝަރީފް ވިދާޅުވީ، ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ކަމަށާއި، ކާޑުގެ މުޢާމަލާތްތައް އިތުރުވެގެން ދިޔުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެ މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފަ. މީގެ ތެރެއިން ގާތްގަޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުޢާމަލާތްތަކަށް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޑޮލަރުގެ މުއާމަލާތްތައް މަހުން މަހަށް ދަނީ އިތުރުވަމުން ކަމަށާއި، އެހެންކަމުން ދެމެހެއްޓެނިވި ގޮތެއް ބޭންކުން އެ އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އެހެން ނަމަވެސް  ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށް ދަތިވާގޮތަށް ނުވަތަ މެދުކެނޑޭގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ ވެސް ބޭނުންވާ ކަމެއް ނޫންކަމަށާއި، ބޭންކުން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ޚިދުމަތް ދިނުމަށް ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން މިއަދު ވަނީ، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަކަށް ދިނުމަށް ނިންމައި އެކަން މިއަދު އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް