ރާއްޖެ

މިސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯހަކަށްވާނީ އަޅުގަނޑު ޖަލަށްލުން: ރައީސް ޔާމީން

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯހަކަށްވާނީ އަޅުގަނޑު ޖަލަށްލުން: ރައީސް ޔާމީން

ރައީސް ޔާމީން -- ފޮޓޯ: ތޭރަ އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަދާނޭ އެންމެ ބޮޑު ގޯހަކީ، އެމަނިކުފާނު ޖަލަށް ލެއްވުންކަމުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ،

އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްއިން ބުދަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާނޫނާއި ޝަރީއަތުގައި، ގާނޫނު ހަމަތަކުގެ ތެރެއިން އެމަނިކުފާނު ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނު ޖަލަށް ލައްވައިފިނަމަ، އެކަން ވެގެންދާނީ މިސަރުކާރުން ހައްދަވާނެ އެންމެ ބޮޑު ގޯހަށް ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، "ވާނުވާ" ގެ މައްސަލަ (ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ މައްސަލަ) އެންމެގާތުން އެމަނިކުފާނަށް އެނގިވަޑައިގައިގަތީ، އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ކުރަންފެށި އިރު އެމަނިކުފާނުވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލްކޯޓުން ބަންދުގެ މުއްދަތު ޖެހި ހިސާބުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެހެން ބޭފުޅުންގެ މައްޗަށް ޝަރީޢަތްތައް ހިންގަންފެށުމުން އެބޭފުޅުން ރާއްޖެ ދޫކޮށް ފިއްލެވި ނަމަވެސް އެމަނިކުފާނު ނުފިއްލަވާކަމަށާއި، ނުވެސް ފިއްލަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަ ނަފުސަށް ޔަޤީންކަން އޮތް ކަމުގައިވެސް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީނަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރުމުގެ ފުރުޞަތު ގެއްލުވާލާފައިވާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުން ވަނީ އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރައްވާފައެވެ.

share

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

0/1000 އަކުރު

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ. އަދަބުވެރި ގޮތުގައި ބަހުސް ކުރައްވާ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް