ވަގަށް ބޭރުކުރަން އުޅުނު ހުއިފިލަނޑާތަކެއް ލަންކާ ސިފައިން އަތުލައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ކަނޑުމަގުން ވަގަށް ލަންކާއިން ބޭރުކުރަން އުޅުނު ހުއިފިލަނޑާތަކެއް ސްރީލަންކާގެ ކަނޑުގެ ސިފައިން އަތުގައި ގަނެ މީހަކު ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިން ހާމަކޮށްފައިވާގޮތުގައި އެތަކެތި އަތުލައިގެންފައި ވަނީ ސްރީލަންކާގެ ހުޅަނގުން، ކަލަޕިޓިޔާ މޮމްހޮއްތުވަރަމް ކަނޑުގެ ސަރަހައްދުންނެވެ. އެސަރަހައްދުން އެތަކެތި އަތުލައިގެންފައި ވަނީ، ޑިންގީއެއްގައި އުފުލަނިކޮށެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި އަތުލައިގަނެވުނު ހުއިފިލަނޑާގެ ބަރުދަނުގައި، 685 ކިލޯގްރާމް ހުއްޓެވެ. އެތަކެތި ހުރީ ހިއްކައި ގޯނި ގޯނީގައި ބަންދުކޮށްފައެވެ.
ސްރީލަންކާގައިވެސް ފުޅާ ދާއިރާއެއްގައި ހުއިފިލަނޑާގެ ވަގުފިޔަފާރި ހިންގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް