ހޯރަފުށީ އެއާޕޯޓުގައި ހުރި މޯލްޑިވިއަންގެ އޮފީސް ފަޅާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހޯރަފުށީ އެއާޕޯޓު -- ފޮޓޯ: ސޯޝަލް މީޑިއާ
ހއ ހޯރަފުށީގައި ހުންނަ މޯލްޑިވިއަންގެ އޮފީހުން ވައްކަން ކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ އޮފީހުން ވައްކަންކޮށްފައިވާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 2025 ޑިސެންބަރު 28 ވަނަ ދުވަހުގެ 03:58 އެހާކަންހާއިރުގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެ އޮފީހުން ވަގަށް ނަގާފައި ވަނި ކާގޯ ދެ ފޮށިގަނޑު ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންއެއްޗެއް ހުރި ފޮށިގަނޑުތަކެއް ކަމެއް އެނގިފައެއް ނުވެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމައްސަލައިގައި މިހާތަނަށް، އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.
އެހެން ނަމަވެސް މިވައްކަމުގެ މައްސަލަ ތަޙްޤީޤުކުރަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް